ހޯރަ އިއްބެ ނިޔާވެއްޖެ

އޭޕްރީލް 12, 2024 - 16:28
 0
ހޯރަ އިއްބެ ނިޔާވެއްޖެ
ހޯރަ އިއްބެ: ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ހޯރަ އިއްބެވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައި

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީގެ މަގާމް އަދާކޮށްފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިއަދު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯރަ އިއްބެ ނިޔާވީ މިއަދު ކުއްލި ގޮތަކަށް ބަލިވެގެން އައިޖީއެމްއެޗަށް ގެންދިޔަ ފަހުންނެވެ. ނިޔާވި ސަބަބެއް ކަމަށް މައުލޫމާތު ލިބެނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

ހޯރަ އިއްބެއަކީ އެމްޑީޕީ އުފެދި، ސިޔާސީ ޖަލްސާތައް ބާއްވަމުން ދިޔައިރު އެ ޖަލްސާތައް ތައާރަފުކުރުން ފަދަ ކަންކަން ކުރަމުން އައި، މޮޅު ވާހަކަދެއްކުންތެރިއެކެވެ. ނިމި ދިޔަ އެމްޑީޕީ ސަރުކާރުގައި، ރައީސް ސޯލިހްގެ ސަރުކާރުގެ އިސް މަގާމެއްގައި އިއްބެވަނީ ގައުމަށް ހިދުމަތް ކޮށްދެއްވާފައެވެ.

ނޫސްވެރިކަމުގައި، ހަބަރާއި މައުލޫމާތު ފެތުރުއްވުމުގައި އިއްބެގެ އަގުމަގު ނުކުރެވޭނެ ހިދުމަތް ފާހަގަކޮށްލެވެއެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އިބްރާހިމް ރަޝީދު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

[އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން މި ހަބަރަށް އިތުރު ކުރެވޭނެ]