ހުއްދަ ދިނަސް ގެދޮރުވެރިޔާ ފްލެޓު ދޫކުރަނީ ފޯމްތައް މުރާޖާ ކުރުމަށް ފަހު

ސަރުކާރުން ބުނަނީ ފްލެޓްތައް ދިނުމާއިބެހޭ މަސްވަރާތައް ފެއްޓުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން ދާކަމަށް

ފެބްރުވަރީ 2, 2024 - 09:13
 0
ހުއްދަ ދިނަސް ގެދޮރުވެރިޔާ ފްލެޓު ދޫކުރަނީ ފޯމްތައް މުރާޖާ ކުރުމަށް ފަހު

"މައްސަލަ ހުރި ކަމަށް ވަންޏާ ޖެހޭނީ އެހެން ޕްރޮސީޖަރ އެއްގެ ތެރެއިން އެކަން (ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ މަސައްކަތް) ކުރަން" ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އެންގި އެންގުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފި އެވެ.

ކުރީ ސަރުކާރުން ނެރުނު ފުލެޓު ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން މީގެ ކުރިން އޮތީ ފުލެޓުތައް ހަވާލުކުރުން ހުއްޓުވާލައިފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން އަމަލުކުރުމަށް އެ މިނިސްޓްރީއަށް ކޮމިޝަނުން މިއަދު އަންގާފައިވާނެ ކަމަށް އެ މެސެޖުގައިވެއެވެ. އޭސީސީން އަންގައިފައިވަނީ، އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަހުރި ފޯމުތައް މުރާޖައާ ކުރުމަށެވެ. އެގޮތަށް މުރާޖައާކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖައާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް ވެސް އެ ކޮމިޝަނުން އަންގައިފައިވެއެވެ.

މީގެ ކުރިން އޭސީސީން ވަނީ، ފުލެޓު ލިސްޓާ ގުޅިގެން 325އަށް ވުރެ ގިނަ މީހުން އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. އަދި، ބައެއް މީހުންނަށް އިތުރަށް ޕޮއިންޓު ދީގެން ވެސް ފުލެޓު ލިބޭ މިންވަރަށް ޕޮއިންޓު ހަމަކޮށްފައިވާ ކަމަށް ބުނެ، އޭސީސީން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރީ ސަރުކާރަށްކޮށްފައެވެ. އެކަމަކު، އެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން އޭރު ވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތަކެއް ކަނޑައެޅުމަށާއި، ފޯމުތައް މުރާޖައާ ކުރުމުގައި ތަފާތު ނުކޮށް އެއް މިންގަނޑަކުން އަމަލު ކުރުމަށް ވެސް ކޮމިޝަނުން އެންގި އެވެ. އޭސީސީން ގެދޮރުވެރިޔާ ފްލެޓުތަކުގެ މައްސަލަ ބަލަން ފެށީ ކުރީ ސަރުކާރުގެ ފަހުކޮޅު ލިސްޓު އާންމުކޮށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ. އެ މަސައްކަތް އޭރު އެ ކޮމިޝަނުން ހުއްޓުވީ ފްލެޓު ހައްގު ނުވާ ބަޔަކަށް މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން އޭރުގެ ސަރުކާރުން ފްލެޓު ދީފައި ހުރި ކަމަށް އާންމުން ކުރަމުންދިޔަ ތުހުމަތުތަކުގެ ސަބަބުންވެ.