އެކަޑަމިކް ކަލަންޑަރަށް ގެނައީ ރަނގަޅު ބަދަލެއް
2024/2025 ވަނަ ދިރާސީ އަހަރު މުރާޖާކޮށް އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެސް، ބޮޑު ޗުއްޓީ ރޯދަ މަހު އަންނަ ގޮތަށް ހަމަޖައްސައިފިއެވެ.
ދިރާސީ އަހަރު މީގެ ކުރިން އޮތްގޮތުން 2024 ވަނަ އަހަރު މެއި 26 ގައި ފަށައި 2025 ވަނަ އަހަރުގެ ފެބްރުއަރީ 20 ގައި ކިޔެވުން ނިމޭނެއެވެ. އަދި 2025 ގެ ދިރާސީ އާ އާހަރު، އެ އަހަރުގެ މާޗު 9 ގައި ފަށައި ޑިސެމްބަރު 18ގެ ނިޔަލަށް ކިޔެވުން ކުރިއަށް ދާނެއެވެ. އަދި އެ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެއެވެ.
އެހެން ނަމަވެސް، ތައުލީމީ ވުޒާރާއިން އިއްޔެ ސްކޫލްތަކަށް ފޮނުވި އާ ކަލަންޑަރުގައި ވާގޮތުން ބޮޑު ޗުއްޓިއަށް ފަހު 2024 ގެ ސްކޫލް ކިޔެވުން ފެށޭނީ މެއި 26 ވަނަ ދުވަހެެވެ. އަދި ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ފެށޭއިރު، އެ ޓާމްގެ ކިޔެވުން ނިމޭނީ 2025 އަހަރުގެ މާރިޗް 6 ގައެވެ. ދެވަނަ ޓާމްގެ ޗުއްޓީ 22 ޑިސެންބަރުން 2 ޖެނުއަރީ އަށް ކަނޑައެޅިފައިވެއެވެ. އަދި 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރީލް 6 ވަނަ ދުވަހެވެ.
އަންނަ 2025 ވަނަ އަހަރުގެ ރޯދަ މަސް ފެބްރުއަރީ 28 ގައި ފެށޭއިރު، ސްކޫލް ބޮޑު ޗުއްޓީވެސް ރޯދަ މަހުގެ ބޮޑު ބަޔަކަށް (ރޯދަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން) ލިބިގެން ދާގޮތަށް އާ އެކަޑަމިކް ކަލަންޑަރު އިސްލާހުކޮށްފައި ވެއެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސްކޫލްތަކުގެ ކިޔެވުން ޖެނުއަރީ އިން ފެށޭގޮތަށް ބަދަލު ކުރުމަށް، ސަރުކާރުން ނިންމާފައިވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ ފެށޭގޮތަށް، އަންނަ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށެވެ.
ކޮވިޑް19 އާއި ގުޅިގެން ދިރާސީ އަހަރު އޮގަސްޓްމަހުން ފެށިފައިވާތީ، ދަރިވަރުންގެ އުމުރު ނުވަތަ ކިޔެވުމުގެ ދައުރަށް ހައެއްކަ މަސް އިތުރުވެފައި ވުމާއި، ރާއްޖޭގެ ފިސްކަލް ކަލަންޑަރު ނުވަތަ މާލީ ހިސާބުތަކުގެ ބަޖެޓު ޖެނުއަރީން ޑިސެންބަރަށް ކަނޑައެޅިފައި އޮންނާތީ، އޮގަސްޓް މަހު ދިރާސީ އަހަރު ފެށޭތީ ސްކޫލްތަކުގެ ހިންގުމަށް އުނދަގޫތަކެއް ދިމާވާކަމުގެ ސަކުވާތައްވެސް އުފުލިފައި ވާއިރު، ދިރާސީ އަހަރު ދެވަނަ ފަހަރަށް ސަރުކާރުން މުރާޖާކޮށް، މިހާރު މި ގެނައި ބަދަލަކީ ޖުމްލަ ގޮތެއްގައި ރަނގަޅު ބަދަލެއްކަމަށް ތައުލީމީ ދާއިރާގެ މާހިރުން ބަޔާންކުރައްވައެވެ.
ކޮވިޑް19 ގައި ބަދަލާއެކު ގެއްލި ދިގުވެގެންދިޔަ މަސްތައް ލިބޭނެގޮތްވުމުގެ އިތުރުން އޯލެވެލްގެ ސިލަބަސް އަކީ 2 އަހަރަކުން ރަނގަޅަށްވެސް ފުރިހަމަ ކުރެވޭނެ ސިލަބަހެއްކަމަށްވެސް އެބޭފުޅުން ދެކިލައްވައެވެ.
ކުރީ ޒަމާންތަކާއި ހިލާފަށް، މިހާރު އޯލެވެލް/އޭލެވެލް އިމްތިހާނުގައި ގްރޭޑްކުރުން ބިނާވަނީ ދަރިވަރުންނަށް ލިބޭ މާކްސް އެވެރެޖްކޮށް، މާކްސްތައް ބޭންޑްތަކަކަށް (ގްރޭޑްތަކަކަށް) ބަހާލައިގެންނެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online