"ގްލޯބަލް ބެލީ ލާފް ޑޭ" އެއީ ކޮންދުވަހެއް؟
ބައިނަލް އަގްވާމީ "ހީހީ ހަލާކު ވާވަރަށް" ހުނުމުގެ ދުވަސް
ގްލޯބަލް ބެލީ ލާފް ޑޭ ނުވަތަ ބައިނަލް އަގްވާމީ ހީހީ ހަލާކު ވާވަރަށް (ބަނޑަށް ތަދުވަންދެން) ހުނުމުގެ ދުވަހެއްގެ ވާހަކަ އަޑު އެއްސެވީމުތޯއެވެ؟
މިއަދަކީ އެ ދުވަހެވެ. ހީލުމުގެ އަޑު އިވުމުން ރަނގަޅު ވެގެންދަނީ ހަމައެކަނި ތިމާގެ މޫޑު (ތޮބީއަތް) އެކަންޏެއް ނޫނެވެ؛ އެއާއެކު ދުޅަހެޔޮ ކަމާއި ފިކުރުތަކުން ދުރުވެވި، ދިރިއުޅުމުގެ އުފާވެރިކަން އިހްސާސް ކުރެވެއެވެ.
މި ދުވަހަކީ ހަމަ ރަނގަޅަށް ހީލާ، ގަދައަށް ހިނިގަނޑު ޖަހާލަން ހާއްސަކުރެވި ފާހަގަކުރާދުވެހެކެވެ. އެއީ ކޮންމެ ކަމެއް ކަމުގައި ވިޔަސް މެއެވެ. ޖޯކެއް ކިޔާލައިގެން ވިޔަސް، ހެއްވާ މަޖާ (ވީޑިއޯ ކޮޅެއް ބަލާލުން ފަދަ) ކަމަކާއި ހެދި ވިޔަސް، ކޮންމެ ދުވަހަކުވެސް ހީނސަމާސާ ކޮށްލުން މުހިއްމެވެ. އެގޮތުން މިއަދު ހާއްސަވަނީ ތަންކޮޅެއް އެތެރޭން ގަދައަށް (ނުވަތަ ބަނޑަށް ތަދުވަންދެން) ހުނުމުގެ ދުވަހެއްގެ ގޮތުގައެވެ.
ހުނުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ “އެންޑޯފިން” ކިޔާ ހޯރމޯން އެއްގެ ސަބަބުން ހާސްކަމާއި ނުތަނަވަސް ކަން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދުރުކޮށްދީ މީހާ ހަމަޖައްސުވައި ދެއެވެ. ބައެއް ސައިކޯތެރަޕިސްޓުންގެ ތަޖުރިބާއިން އެނގޭ ގޮތުގައި، އެމީހުން ކައިރިއަށް ފަރުވާ ހޯދުމަށް އަންނަ މީހުން، ހެއްވާ މަޖާ ފިލްމެއް ނުވަތަ ސީރީޒް އެއް ނުވަތަ އެފަދަ ކޮމީޑިއަން އެއްގެ ހުށަހެޅުން ބަލާލުމުން ހިތާމަ އާއި ހާސްކަން ދުރުކޮށްދޭ ކަމަށް ބުނެފައި ވެއެވެ.
މިދުވަސް ފާހަގަ ކުރާނީ ކިހިނެތް؟
އެކި މީހުންނަށް ހިނި އަންނަނީ އެކި ކަންކަމާއި ހެދި ކަމަށް ވާއިރު، މި ދުވަކީ އެއީ ކޮން ކަމެއްކަން ހޯދައި ދެނެގަނެ، އާއިލާ އާއި ރައްޓެހިންނާއެކު ހީނސަމާސާ ކޮށްލާނީ އެވެ. މިގޮތުން؛
- ހެއްވާ މަޖާ އެއްޗެއް ކިޔާލުން ނުވަތަ އެފަދަ ވީޑިއޯ ކޮޅެއް ބަލާލުން
- ހުނުމުގެ ޔޯގާ ހެދުން: ކޮންމެވެސް މަޖާކަމެއް ހިތަށް ގެނެސް އަމިއްލައަށް ހުނުން
ހުނުމުގެ ބައެއް ފައިދާތައް:
- ހުނުމަކީ ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ޕެއިންކިލަރސް (ރިހުން ކަނޑުވާ މާއްދާތައް) އުފައްްދާ ކަމެކެވެ. ކުރިން ދެންނެވި ފަދައިން ‘އެންޑޯފިން’ އުފެދުމުގެ ސަބަބުން ރިހުން ތައްކަތުކުރެވޭ މިންވަރު އިތުރު ވެއެވެ.
- ހުނުމުގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަން ކުޑަކޮށް ހައްޓަށް ހަމަޖެހުން ގެނުވައެވެ. އަދި އެއާއެކު، މޫޑު ރަނގަޅުވެ ނަފްސާނި ދުޅަހެޔޮކަން އިތުރުވެއެވެ.
- ހަށިގަނޑުގެ ދިފާއީ ބާރު އިތުރުވުމާއި ނައްސި (ނެގަޓިވް) ވިސްނުންތަކުގެ ސަބަބުން ހަށީގައި އުފެދޭ މާއްދާތަކުން ހައްޓަށް ވާ ގެއްލުމުގެ ބަދަލުގައި، ފައްސި (ޕޮޒިޓިވް) ވިސްނުންތަކުން ހަށީގައި އުފެދޭ ‘ނިއުރޯޕެޕްޓިސައިޑްސް’ ގެ ޒަރީއާއިން ހަށިގަނޑަށް ލިބޭ ދެރައާއި ބަލިތަކުން ރައްކާތެރިވުމަށް އެހީވެދެއެވެ.
- ހުނުމުގެ ސަބަބުން ލޭހޮޅިތަކުގެ ޓިޝޫތަކަށް ދޫކަން ލިބި، ލޭ ދައުރުވާން ފަސޭހަވެއެވެ.
'ބެލީ ލާފް' ރަމްޒުކޮށްދެނީ ހޭނއިރު ބަނޑަށް އަންނަ ހަރަކާތަށެވެ. ބަނޑާއި އެކު ހިތާއި ފުއްޕާމޭގެ ހަރަކާތްވެސް ހުނުމުގެ ތެރޭގައި ހިމެނި ފަސޭހަވެއެވެ.
'ބެލީ ލާފް ޑޭ' ގެ ލޯގޯގައިވާ އިރާއި 7 ދޯދި، 1 އަދި 24 އިން ރަމްޒު ކޮށްދެނީ ހަފްތާގެ 7 ދުވަހާއި، 24 ގަޑިއިރާއިި ހީލާ އުޅުމުން ދުޅަހެޔޮ ބަދަލެއް ގެނުވިދާނެ ކަމެވެ. މިދުވަސް ފާހަގަ ކުރާ ސުކޫތަކީ ދުވާލު 1:24 އެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online