ސަންބަރން ނުވަތަ އަވިންއެނދުމުން ރައްކާތެރިވެ ގޭގައި ދެވިދާނެ ފަރުވާ
ގަދައަވިން ރައްކާތެރިވާންޖެހޭ؛ އަވިންއެނދުމަކީ (ހަންގަނޑު) އަވަހަށް މުސްކުޅިވާންފަށާނެ ސަބަބެއް
އަވިން އެނދުން މިއީ ހޫނުވުމުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ މައްސަލަ އެކެވެ. އަވިން އެނދުމަކީ ހޫނުވުމުގެ ސަބަބުން ހަންގަނޑު އަދައި، ރަތްވެ، ހަންގަނޑު ދުޅަވެ، ހަމުގައި ރިހުމެވެ. ހަންގަނޑުގައި އަތްލުމުން ހޫނުކަން އިހުސާސް ކުރެވޭނެ އެވެ. އާންމު ގޮތެއްގައި މިކަން އިހުސާސް ވާނީ ހޫނު ދުވަސްވަރެއްގައި ގިނައިރު ހޫނުގެ ތެރޭގައި ނޫނީ އަވީގެ ތެރޭގައި އުޅުމުންނެވެ. އަވިން އެނދުމުން ދިމާވާ އުނދަގޫތަކަށް ލުއިކަން ލިބެނީ ހަންގަނޑު ފިނިކޮށްގެންނާއި، ކުރިމަތިވާ ރިހުމަށް ތަދުކެނޑުވުމަށް ޕެނަޑޯލް ފަދަ ބޭހެއް ބޭނުންކުރުމުންނެވެ. ނަމަވެސް އަވިން އެނދުމުގެ ސަބަބުން ހަންގަނޑަށް އަންނަ ބަދަލު ފިލައި ދިއުމަށް ދުވަސްކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.
ސަބަބު
އަވިން އެނދުން މިއީ އަވީގައި ގިނައިރު އުޅުމުގެ ސަބަބުންޞިއްޙީ މައްސަލައެއް ދިމާވެދާނެ ސަބަބެކެވެ. އަވިން އެނދުމަކީ ހޫނުވުމުގެ ސަބަބުން ހަންގަނޑު އަދައި، ރަތްވެ، ހަންގަނޑު ދުޅަވެ، ހަމުގައި ރިހުމެވެ. ހަންގަނޑުގައި އަތްލުމުން ހޫނުކަން އިހުސާސް ކުރެވޭނެ އެވެ. އާންމު ގޮތެއްގައި މިކަން އިހުސާސް ވާނީ ހޫނު ދުވަސްވަރެއްގައި ގިނައިރު ހޫނުގެ ތެރޭގައި ނޫނީ އަވީގެ ތެރޭގައި އުޅުމުންނެވެ. އަވިން އެނދުމުން ދިމާވާ އުނދަގޫތަކަށް ލުއިކަން ލިބެނީ ހަންގަނޑު ފިނިކޮށްގެންނާއި، ކުރިމަތިވާ ރިހުމަށް ތަދުކެނޑުވުމަށް ޕެނަޑޯލް ފަދަ ބޭހެއް ބޭނުންކުރުމުންނެވެ. ނަމަވެސް އަވިން އެނދުމުގެ ސަބަބުން ހަންގަނޑަށް އަންނަ ބަދަލު ފިލައި ދިއުމަށް ދުވަސްކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.
ހަށިގަނޑުން ހާމައަށް ފެންނަން ހުންނަ ހިސާބުތައް މިސާލަކަށް ކަންފަތުފޫޅު، ބޮލުގެ ހަންގަނޑު އަދި ތުންފަތް ފަދަ ހިސާބުތައް އަވިން އެނދުމަކީ ގާތް ކަމެކެވެ. ހެދުން އަޅާފައި ހުންނައިރު ވެސް މާތުނި ދޫކޯށް ހުންނަ ހެދުން ލާފައި ހުންނަނަމަ، ފަހަރުގައި އިރުގެ ދޯދިތައް މިފަދަ ހެދުން ކަނޑަތުކޮށް ހަމަށް ވާޞިލްވުމަކީ ގާތް ކަމެކެވެ. އިރުގެ އައްޔަށް އެންމެ ނާޒުކު ލޯ ވެސް އަވިން އެނދުމަކީ ގާތް ކަމެކެވެ. އަވިން އެނދުމުގެ އަލާމާތްތައް އާންމުކޮށް ފެންނަށް ފަށަނީ އަވީގައި ނޫނީ ހޫނުގައި އުޅޭތާ މަދުގަޑިއިރު ތަކެއްގެ ތެރޭގައެވެ. އަވިން އެނދުން ކުރިމަތިވާތާ ދެތިން ދުވަހުގެ ތެރޭގައި ހަށިގަނޑު އޭގެ ޒާތުގައި ރަނގަޅުވާން ފަށާނެ އެވެ. އެގޮތުން ހަމުގެ މަތީ ފަށަލަ ފޮޅި ނެއްޓިދާނެއެވެ. ބައެއް ފަހަރު އަވިން އެނދުން އެއްކޮށް ރަނގަޅުވެ، ފަސޭހަވާން ދުވަސްކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.
ނުރައްކާތައް
ތަކުރާރުކޮށް އިރުގެ އައްޔަށް ހުށަހެޅުމަކީ ހަންގަނޑު އަވިން އަނދައި، ހަމަށް ގެއްލުންވެ، އެހެން ބަލިތަކަށް މަގުފަހިކުރާނެ ކަމެކެވެ. އެގޮތުން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި ހަންގަނޑު މާއަވަހަށް މުސްކުޅިވުން، ޕްރިކެންސަރަސް ސްކިން ލީޒަން އަދި ހަމުގެ ކެންސަރު ފަދަ ކަންތައްތައް ހިމެނެއެވެ.
ހަންގަނޑު މާއަވަހަށް މުސްކުޅިވުން
ތަކުރާރުކޮށް އިރުގެ އައްޔަށް ހުށަހެޅި، ހަންގަނޑު އަވިން އެނދުމަކީ ހަންގަނޑު މުސްކުޅިވުން އަވަސްވާނެ ކަމެކެވެ. އަލްޓްރާ ވައިލެޓް ދޯދިތަކަށް ހުށަހެޅިގެން ހަމަށް އަންނަ ބަދަލަށް ކިޔަނީ "ފޮޓޯ އޭޖިންގ" އެވެ. ފޮޓޯ އޭޖިންގ ގެ ސަބަބުން ނިކުންނަ ނަތީޖާގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
- ހަމުގެ ވާންކަން ގެއްލި ހަމުގެ ވަރުދެރަވުން
- ހަމުގައި ރޫޖެހުން
- ހަންގަނޑު ހިކި ކުރަކިވުން
- ކޯތާފަތް، ނޭފަތް، ކަންފަތް ފަދަ ހިސާބުގައި ހަމުން ކުދިކުދި ހިމަ ލޭހޮޅިތައް ފާޅުވެ ފެންނަން ހުރުން
- މޫނު، އަތްތިލައިގެ ނުފުށް، މުލައްދަނޑި، މޭމަތި އަދި ބުރަކަށި ފަދަ ހިސާބުތަކުގައި އަދިރި ލައްތަކެއް ޖެހުން
ޕްރިކެންސަރަސް ސްކިން ލީޒަން
ޕްރިކެންސަރަސް ސްކިން ލީޒަން އަކީ އިރުގެ އައްޔަށް ހުށަހެޅޭ ހިސާބުތަކުގެ ހަމުގައި ކުރަކިކޮށް، ތޮށިލައިފައި، ހުންނަ ޕެޗްތަކެކެވެ. އެގޮތުން މިފަދަ ޕެޗްތައް ހުންނަނީ ބޯ، މޫނު، ކަދުރާ، އަތްތިލަ ފަދަ އިރު އައްޔަށް ހުށަހެޅުމުގެ ހިރާސް ބޮޑު ހިސާބު ތަކުގައެވެ. މިފަދަ ޕެޗުތައް ގިނަ ދުވަސްވުމުން ހަމުގެ ކެންސަރަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. މިޕެޗްތަކަށް "އެކްޓިނިކް ކެރަޓޯސީޒް"(actinic keratoses) އަދި "ސޯލަރ ކެރަޓޯސީޒް"(solar keratoses) ކިޔައި އުޅެއެވެ.
ހަމުގެ ކެންސަރު
އަވިން އެނދުމަކާ ނުލައި ވެސް ތަކުރާރުގެ އިރުގެ އައްޔަށް ހުށަހެޅުމަކީ ނޫނީ ގިނައިރު އަވީގައި އުޅުމަކީ "މިލާނޯމާ" ފަދަ ހަމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. އިރުގެ އައްޔަށް ތަކުރާރުކޮށް ހުށަހެޅުމަކީ ހަމުގައި ހިމެނޭ ޑީއެންއޭ އަށް ބަދަލުގެނުވާނެ ކަމެކެވެ. ކުޑައިރު ގިނައިން އަވީގައި އުޅުމަކީ ބޮޑުވުމުން ހަމުގެ ކެންސަރުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. ހަމުގެ ކެންސަރު އާންމުގޮތެއްގައި އުފެދެނީ ހަމުން ބޮޑަށް އިރުގެ އައްޔަށް ހުށަހެޅޭ ހިސާބުތަކުގައެވެ. މިސާލަކަށް ބޮލުގެ ހަންގަނޑު، މޫނު، ތުންފަތް، ކަންފަތް، ކަދުރާ، މޭމަތި، އަތް، އަތްތިލަ، ފައި، ފައިތިލަ އަދި ބުރަކަށި ފަދަ ހިސާބުތަކުގައެވެ. ބައެއް ވައްތަރުގެ ހަމުގެ ކެންސަރު ފާހަގަވަނީ ހަމުގައި އިންނަ ކުޑަ އުފެދުމެއް ނޫނީ ފަސޭހައިން ލޭހިލޭ ފާރުކޮޅެއްގެ ސިފައިގައެވެ. މިފަދަ ތަންތަން ތޮށިލައި، ފަސޭހަވެ، އަނެއްކާ ވެސް އެގޮތަށް އުފެދި ދެއެވެ. ހަމުގެ ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން މިލަނޯމާ ގައި ހަމުގައި އިންނަ ކަޅުތިލަ އެއް ފަދަ އެއްޗެއް ބަދަލުވެގެން ދެއެވެ. ނޫނީ އަލަށް، އަދި ޝައްކުކުރެވޭ ފަދަ ގޮތަކަށް އިންނަ ކަޅުތިލައެއް އުފެދޭގޮތް ވެއެވެ.
ލޮލަށް ގެއްލުންވުން
މާގިނައިން އިރުގެ އައްޔަށް ހުށަހެޅުމަކީ ލޮލުގެ ހާމަ ދުއްޔަށް ގެއްލުންވެދާނެ ކަމެކެވެ. އިރުގެ އަލީގެ ސަބަބުން ލޮލުގެ ލެންސް އަށް ގެއްލުންވުމުން ލޯފުސްވުން ކުރިމަތި ކުރުވައެވެ. އަވިން އަނދާފައިވާނަމަ ލޮލުގައި ރިހުން އަދި ލޮލުގައި އެއްޗެއް ޖެހޭ ކަހަލަ އިހުސާސެއް ކުރެވޭނެ އެވެ. ލޯ އަވިން އެނދުމަށް ބައެއް ފަހަރު "ސްނޯ ބްލައިންޑްނަސް" ވެސް ކިޔައި އުޅެއެވެ. މިގޮތަށް ލޮލަށް ގެއްލުން ލިބިދާނެ ކަންކަމުގެ ތެރޭގައި އިރުގެ އައްޔަށް ހުށަހެޅުން، ވެލްޑިންގ ވިދުވަރަށް ހުށަހެޅުން، ޓެނިންގ ލޭމްޕް ބޭނުންކުރުން އަދި ބްރޯކަން މާކަރީ ވެޕަރ ލޭމްޕް ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
އަވަސްފަރުވާ
ހޫނުވެގެން އަނބުރައިގަންނަ މީހުން އާންމުކޮށް ވަރަށް އަވަހަށް (ގާތްގަނޑަކަށް 15-10 މިނިޓްގެ މުއްދަތެއްގެ ތެރޭގައި) އެކަށޭނަ ފަރުވާ އާއި އެކު ރަނގަޅު ކުރެވެއެވެ. މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ހޫނުވެގެން އަނބުރައިގަތުމުން އަވަސްފަރުވާގެ ގޮތުގައި ކުރެވިދާނެ ބައެއް ކަންތައްތައް:
- ހޫނުވެގެން އަނބުރައިގަތް މީހާ ފިނި ހިޔާ ލިބޭ ހިސާބަކަށް ގެންދިއުން
- އަނބުރައިގަންނަހެން ހީވުމުން، ފިނި ތަނެއްގައި ނޫނީ ހިސާބެއްގައި އިށީނުން ނޫނީ އޮށޯތުން
- ހިތަށް އަނބުރާ ލޭ ފޮނުވުމަށް އިތުރުކުރުމަށް އޮށޯވެ ބޭއްވުމަށްފަހު ފައި މައްޗަށް އުފުލާލުން
- ލަސްލަހުން ފެން ، ސްޕޯޓްސް ޑްރިންކް ނޫނީ ޖޫސް ފަދަ އެއްޗެއް ބުއިން
- އަވިން އެނދުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
- ހެދުނު 10 އާއި ހަވީރު 4 އާއި ދެމެދު އަވީގައި ނުއުޅުން
- އަވީގެ ތެރެއަށް ނިކުންނައިރު ސަންސްކްރީން ބޭނުންކުރުން
- އަވީގެ ތެރޭގައި އުޅޭއިރު (ހުދު ނުވަތަ އަލިކުލަތަކުގެ) ތޮފި، އުރަ، އަންގި، ކުޑަ ފަދަ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ އާލަތްތައް ބޭނުންކުރުން
- ބޭރުތެރޭގައި އުޅޭއިރު އަވިއައިނު އެޅުން
- ފަރުވާއެއްގެ ގޮތުގައި ގޭގައި ކުރެވިދާނެ ކަންތައްތައް
ހަންގަނޑު ފިނިކުރުން: ފިނިކުރި ފެނުން ތެތްމާފައިވާ ފޮތިގަނޑެއް އަވިން އަނދާފައިވާ ހިސާބުގައި އެޅިދާނެއެވެ. 60 ގުރާމް ބޭކިން ސޮޑާ ޓަބް އަށް އަޅައިގެން ކޫލް ބާތު އެއް ވެސް ނެގިދާނެއެވެ. ހަންގަނޑު ފިނިކުރަން ކޮންމެ ދުވަހަކު ވެސް މަދުވެގެން 10 މިނިޓް ވަންދެން މަސައްކަތްކުރާށެވެ.
މޮއިސްޗަރައިޒަރ، ނޫނީ ލޯޝަނެއް ފަދަ އެއްޗެއް ހަމުގައި އުގުޅުން: އެލޯވެރާ ލޯޝަން ނޫނީ ކެލަމިން ލޯޝަން ފަދަ ލޯޝަނެއް ހަމުގައި އުގުޅިދާނެއެވެ. ހަމުގައި އުގުޅުމުގެ ކުރިން ލޯޝަން ފުޅި އައިސް އަލަމާރި ފަދަ އެއްޗެއްގައި ބަހައްޓައި ކޮންމެވެސް ވަރަކަށް ފިނިކޮށްލެވިދާނެއެވެ.
ގިނައިން ދިޔާތަކެތި ބޭނުންކުރުން: މިއީ ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުން ކުޑަކޮށްދޭނެ ކަމެކެވެ.
ހަމުގައި ހުންނަ ފެންބިހި ނޫނީ ފެންފޮޅުތަކާ ނުކުޅެ ހުރިގޮތަށް ބެހެއްޓުން: ފެންފޮޅުތަކާއި ނުކުޅެ ހުރިގޮތަށް ބެހެއްޓުމުން ހަންގަނޑު އަވިން އެނދުމުން ލިބުނު ގެއްލުމުން ފަސޭހަވުމަށް އަވަސްކޮށްދެއެވެ. ފެންފޮޅުތައް ފެޅިއްޖެނަމަ، ފަޅައިގެން ދިޔަ ފޮޅުތަކުގެ ވަށައިގެން ހުރި މަރުވެފައިވާ ހަންތައް ކުޑަ ކަތުރަކުން ނައްޓައި ސާފުކުރަން ވާނެއެވެ. ބާރުގަދަ ނޫން ސައިބޯންޏަކުން ފަޅައިގެންގޮސްފައިވާ ފެންފޮޅުތައް ހުރި ހިސާބު ރަނގަޅަށް ދޮވެ ސާފުކޮށްލެވިދާނެ އެވެ. އެއަށްފަހު އެންޓިބަޔޮޓިކް އޮއިންޓްމަންޓް އެއް އެހިސާބުގައި އުގުޅިދާނެއެވެ.
ނޮޅިފައިވާ ހަންގަނޑަށް ފަރުވާކުރުން: އަވިން ހަންގަނޑު އަނދާތާ ދުވަސްކޮޅެއްގެ ތެރޭގައި އަވިން އެނދި ހަންގަނޑު ނޮޅެން ފަށާނެއެވެ. މިއީ އަވިން އެނދުމުގެ ސަބަބުން ހަލާކުވި، ހަމުގެ މަތީ ފަށަލަ ނެއްޓޭތީ ވާގޮތެކެވެ. ހަންގަނޑު ނޮޅެމުންދާ ވަރަކަށް ނޫނީ ނޮޅެމުންދާއިރު ހަމުގައި މޮއިސްޗަރައިޒިންގ ލޯޝަން އުގުޅަމުން ގެންދާށެވެ.
ހިރުވައި ކެހުން ކުޑަކުރުމަށް ބޭސް ބޭނުންކުރުން: ހަމުގައި އުފެދޭ ހިރުވުމާއި ކެހުން ކުޑަކުރުމަށް ސެޓްރިޒިން ފަދަ އެންޓިހިސްޓަމައިންގެ ގޮތުގައި ގުނާލެވޭ ބޭހެއް ނެގިދާނެއެވެ.
ހަމުގައި ސޫތިންގ މެޑިކޭޓެޑް ލޯޝަން އެއް ގުޅުން : އެގޮތުން އަވިން އަނދާފައިވާ ހިސާބުގައި ހައިޑްރޯކޯޓިޒޯން %1 ފަދަ ކްރީމެއްވެސް އުގުޅިދާނެއެވެ. މިކްރީމް ގުޅާނީ ދުވާލަކު 3 އިރު 3 ދުވަހުގެ މުއްދަތަށެވެ. އުގުޅުމުގެ ކުރިން ފިނިކޮށްލުމަށް އައިސް އަލަމާރީގައި އިރުކޮޅެއް ވަންދެން ބޭއްވިދާނެއެވެ.
އަވިން އަނދާފައިވާ ލޮލަށް ފަރުވާކުރުން: ކޫލް ފެނުން ތެތްމާފައިވާ ސާފު ފޮތިގަނޑެއް ލޮލުގައި އަޅާށެވެ. ނޫނީ އެފަދަ ފޮތިގަނޑަކުން ލޯކައިރި ސާފުކުރާށެވެ. ލޯ ނުއުގުޅާށެވެ. އަދި ރަނގަޅުވަންދެން ކޮންޓެކްޓް ލެންސް ބޭނުން ނުކުރާށެވެ.
އިތުރަށް އަވިން އެނދުމުން ރައްކާތެރިވުން: އިތުރަށް އަވިން އެނދުމުން ރައްކާތެރިވުމަށް ބޭރުތެރެއަށް ޚާއްޞަކޮށް އަތްވަށް ނިކުންނައިރު ރައްކާތެރިވުމުގެ ބޭނުންކުރެވޭ އަދަވާތްތައް މިސާލަކަށް ކުޑަ، އަވިއައިނު، ތޮފި އަތުއުރަ، އަންގިފަދަ ތަކެތި ބޭނުންކުރާށެވެ. ހާމައަށް ފެންނަން ހުންނަ ހިސާބުތަކުގައި ސަންސްކްރީން ލޯޝަން އުގުޅާށެވެ.
ތަދުތަކާއި ރިހުން ކުޑަކުރުމަށް ތަދުކަނޑުވާ ބޭސް ބޭނުންކުރުން: އަސިޓަމިނޯފަން ނުވަތަ އައިބުޕްރޯފެން ފަދަ ބޭހެއް ބޭނުންކުރެވިދާނެ އެވެ. ނޫނީ ހަމުގައި އުގުޅާ ތަދުކަނޑުވާ ބޭހެއް ވެސް ބޭނުންކުރެވިދާނެ އެވެ.
އާންމުކޮށް ހޫނުކަމާ ގުޅުންހުރި ބަލިތަކުން ރައްކާތެރިވެވޭނެ ގޮތްތައް
- ފެންމަދުވިޔަނުދިނުމަށް ކަރުނުހިއްކި ނަމަވެސް، ގިނައިން ފެންބުއިން
- ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން
- އަވީތެރޭގައި އުޅޭއިރު ތޮފި، އަވި އައިނު، ކުޑަ ފަދަ ތަކެތި ބޭނުންކުރުން
- ހުދު ނުވަތަ އަލިކުލަތަކުގެ ހަށިގަނޑު ނިވާވާ ފަދަ ދޫހެދުންލުން
- ގިނައިރު އަވީގެ ތެރޭގައި އުޅެންޖެހޭނަމަ އެސްޕީއެފް 15 އަށްވުރެ މަތި ސަންސްކްރީން ލޯޝަން ބޭނުންކުރުން
- ކޮފީ، ކޯލާ، އެނާޖީ ޑްރިންކްސް ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން
- ހަށިގަނޑަށް ފައިދާހުރި ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެކަށޭނަ ވަރަށް ކެއުމުގައި ހިމެނުން
- ހޫނު ދުވަސްވަރު ވެސް އެކަށޭނަ ވަރަށް އަރާމުކުރުމަށް ވަގުތު ހޭދަކުރުން
~ ސީޑީސީ، މޭޔޯ ކްލިނިކް ~
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online