ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް ދިރާސާ ، އީއައިއޭ އަދި ޑިޒައިން ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އޭޕްރީލް 18, 2024 - 16:00
 0
ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް ދިރާސާ ، އީއައިއޭ އަދި ޑިޒައިން ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް ދިރާސާކުރުމާއި އީއައިއޭ އަދި ޑިޒައިން ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ވަކި ވަކިން ބޭއްވި ރަސްމިއްޔާތުތަކެއްގައި މިއަދު ސޮއިކުރީ ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އެޅުމަށެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރީ މި ފަސް ރަށުގައި އެއާޕޯޓް އެޅުމާއި ސަވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށެވެ. ތ. ގުރައިދޫ އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ. 

ވިލުފުށި އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ.

ކޮމަންޑޫ، މިލަންދޫ، ބިލެތްފަހި އެއާޕޯޓްގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އެވެ.

މިއަދު ސޮއިކުރެއްވުނު ރަށްތަކުގައި އެއާޕޯޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.