ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ
ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބުމުގެ އެންމެ ބޮޑު އެއްސަބަބަކީ ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ ވައުދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވި ކޮރަޕްޝަނުގެ ދައުވާތަކާ ގުޅިގެން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.
އެ މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މާދަމާ މެންދުރެވެ. ނަމަވެސް އެ އަޑުއެހުން އޮންނާނެ ގަޑިއެއް ހައިކޯޓުގެ ވެބްސައިޓުގައި މިހާތަނަށް ސާއިއު ކޮށްފައިނުވެއެވެ.
ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022ގައެވެ. އެއީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ 'ލޯންޑާ' ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ.
ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ނިމިފައެވެ. ނަމަވެސް ހުކުމް އިއްވުން ތާވަލުނުކޮށް ދިގު މުއްދަތެއް ވެފައިވާތީ އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ޔާމީންގެ ތާއިދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިންތިހާބު ވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަރިހުގައި ޔާމީން ގެކޮޅަށް ބަދަލުކުރުމަށް އެދިވަޑައިގަތުމުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޔާމީން ވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ.
އެ މަނިކުފާނަށް ހުކުމް ތަންފީޒު ކުރުމުގައި ލުއިތަކެއް ދީފައިވީ ނަމަވެސް، ކަރެކްސަނަލް ސާވިސްގެ ހުއްދަ ނެތި އެ މަނިކުފާނު ގެންދަވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ކަމުގައި މިހާރުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
އެ މައްސަލަ ބަލާ ކަމަށް ކަރެކްސަންސްއިން ބުނި ނަމަވެސް، ޔާމީނަށް ފިޔަވަޅު ނާޅާ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ން ވަނީ ބަލަން ފަށައިފައެވެ.
ރައީސް ޑރ. މުއިއްޒުގެ އެންމެ މައިގަނޑު އެއް ވައުދުފުޅަކީ ޔާމީން މިނިވަން ކުރެއްވުމެވެ. އަދި ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބުމުގެ އެންމެ ބޮޑު އެއްސަބަބަކީ ވެސް އެ ވައުދު ކަމުގައި ގިނަފަރާތްތަކަކުން ދެކެއެވެ.
ދާދި ފަހުން ރައީސް މުއިއްޒު ވަނީ، އެ މަނިކުފާނު މިހާރު ވެސް ހުންނެވީ ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކަމަށާއި (ރައީސް ޔާމީން މިނިވަން ނުކުރެއްވިޔަސް) ވައުދާ ހިލާފުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި ޔާމީން މިނިވަން ކުރެއްވުމުގެ ބާރު އޮތީ ޖުޑީސަރީގެ އަތްމަތީގައި ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ ރައީސް ޔާމީން ވަނީ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަކިވެ ވަޑައިގެން އަމިއްލަ ޕާޓީ، ޕީޕަލްސް ނެސަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދެވުމުގެ މަސައްކަތް ފައްޓަވައި، އެ ޕާޓީ އުފައްދުމުގެ ހުއްދަ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައި ލިބުމާއެކު، ޕާޓީ އުފެއްދުމުގެ ޖަލްސާ މިދިޔަ ހަފުތާގައި ބާއްވައިފައެވެ.
ރައީސް ޔާމީންގެ ތާއީދާއި ނުލައި، ރައީސް މުއިއްޒަށް ރައްޔިތުން މަޖިލިސްގެ ބޮޑުބައި (މެޖޯރިޓީ) ލިބިވަޑައި ނުގަންނަވާނެކަމަށް ސިޔާސީ މުފައްކިރުން ދެކެއެވެ.
ހަބަރުގެ އަދާހަމަ:
ފަނޑިޔާރު ޝަމީމް ސަރީއަތުގެ މަޖިލިހަށް ހާޒިރުވެ ވަޑައިނުގަންނަވާނެ ކަމަށާއި، އެކަމާއި ގުޅިގެން (ކޯރަމް ހަމަނުވާނެތީ) ސަރީއަތުގެ މަޖިލިސް ކެންސަލް ވެފައިވާ ކަމަށް މީސްމީޑިއާގައި ހަބަރުތައް ފެތުރިފައި ވެއެވެ.
President Yamin is a lion ???? and they know it. The lion would do irrecoverable damage to @MMuizzu’s Majlis election if he’s released tomorrow and if he’s out there at rallies and podiums for the next 48 — 72 hours.
— Hassan Kurusee (@HKurusee) April 17, 2024
So @MMuizzu forced F. Magoodhoo Mubeen to force F. Bilehdhoo… https://t.co/NMjn7KiL3a pic.twitter.com/JqQw7kXnwV
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online