މެސީ ނުކުޅުމުން ހޮންކޮންގް އެފްއޭ މެސީމަތިން ފޫހިވެއްޖެ
މެސީ އަށް ދެން ދޭނެ އެއްވެސް އިސްކަމެއް ނެތްކަމަށް ހޮންކޮންގް އެފްއޭއިން ބުނެފި
ލިއޮނެލް މެސީ އާއި އޭނާގެ ކްލަބް އިންޓަ މަޔަމީ އަށް ދެން ދޭނެ އިސްކަމެއް ނެތް ކަމަށް ހޮންކޮން އެފްއޭގެ ރައީސް ޕުއީ ކުވާން ކޭ ވިދާޅުވެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހު، އެމެރިކާގެ ޕްރީ ސީޒަންގައި ހޮންކޮން އަށް ކުޅެން އައިސް މަޔާމީ ކުޅުނު މެޗުގައި މެސީ ކުޅެފައެއް ނުވެއެވެ. އެކަމަކު އެ މެޗުގެ ޓިކެޓް ވިއްކަން ބާޒާރަށް ނެރުނުތާ އެއް ގަޑިއިރު ތެރޭ ހުސްވީ މެސީ އެ މެޗުގައި ކުޅޭނެ ކަމަށް އިސްތިހާރު ކޮށްގެންނެވެ.
މަޔާމީގެ ކޯޗު ޖަރާޑް މާޓިނޯ ބުނީ އެ މެޗުގައި މެސީ ކުޅެފައި ނުވަނީ އަނިޔާގެ ސަބަބުން ކަމަށެވެ. އެކަމަކު ހޮންކޮންގައި މެޗު ނުކުޅެ، ޖަޕާނަށް ގޮސް ކުޅުނު މެޗުގައި މެސީ ކުޅުނެވެ.
މެސީ ނުކުޅުނު މައްސަލާގައި ހޮންކޮންގެ ސަރުކާރާއި އާންމުންގެ ފަރާތުން މެޗު އިންތިޒާމު ކުރި ފަރާތްތަކާއި އެ ގައުމުގެ އެފްއޭ އަށް ވެސް ޕްރެޝަރު ކުރިމަތި ކުރިއެވެ.
މެސީ އަށް އަލުން އިސްކަން ނުދޭނެކަމަށް، ކުވާން ކޭ ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ އައް ނަސްރުގެ މެޗެއް ހޮންކޮންގައި ކުޅުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރުމަށް ފަހެވެ.
"އަމިއްލަ ގޮތުން އެއްޗެއް ބުނަންޏާ މި ވަގުތު މެސީގެ ވާހަކަ ދެއްކުން އެހާ ރަނގަޅެއް ނޫން. އޭނާ އާއި އެ ކްލަބަށް ވެސް އަހަރެމެން މިހާރު އިސްކަމެއް ނުދެން،" ކުވާން ކޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރޮނާލްޑޯ އާއެކު ނަސްރުން ބައެއް އެހެން ސިޓީތަކުގައި ވެސް އެގްޒިބިޝަން މެޗު ކުޅޭނެ ކަމަށެވެ.
ހޮންކޮންގައި މެޗު ނުކުޅެވުނު މައްސަލާގައި، މެސީ ފަހުން މައާފަށް ވެސް އެދުނެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online